ވަގަށް އެތެރެކުރަން އުޅުނު ދެމިލިޔަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު، 2 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިރޭ ވިދާޅުވީ، އަތުލައިގަނެވުނީ، 2,304,200 ސިނގިރޭޓު ސްޓިކް ކަމަށެވެ. މި ތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، 2026 މެއި 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމުގައިވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިމައްސަލައަށް ބަލާއިރު، މި ސިނގިރެޓަށް ޑިއުޓީގެ ގޮތުގައި 18.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، އަދި މިމައްސަލައިގެ ޖޫރިމަނާއަށް 2 މިލިއަން ރުފިޔާ އަރާނެ ކަމުގައިވެސް ކަސްޓަަމްސްއިން ވަނީ ބުނެފައެވެ.
މިއީ، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނުތަކެތިކަމަށް ބެލެވޭތީ، ކަސްޓަމްސްއިން ގެންދަނީ މައްސަލަ އިތުރަށް ތަޙްޤީގުކުރަމުން ކަމުގައިވެސް މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް