Post banner
ވިކުރާ •

ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިރޭ ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިރޭ ފަށައިފި

ފޭސް 1ގައި އަޅާ ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން އަޅާ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.

މިރޭ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައި ވަނީ، ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ އިމާރާތެވެ.

މިގޮތުން މިރޭ ފަށާފައުި ވަނީ، ފޭސް 1ގައި އަޅާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމުގައި ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ. އެބޭންކުން ބުނީ، މާލޭ ސިޓީގައި މިވަގުތު 3260 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ.ކަމުގައި ކުރިންވެސް ބީއެމްްއެލްއިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް