މެމްބަރުންގެ އިއްތިފާޤުން ޕީއެންސީގެ އަސާސީ ޤަވާއިދަށް ގެންނަ އިސްލާޙްތައް ފާސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާ ތެރެއިން --- ފޮޓޯ؛ ސޯޝަލް މީޑިއާ
ޕީއެންސީގެ މެމްބަރުން އިއްތިފާޤުން އަސާސީ ޤަވާއިދަށް ގެނައި އިސްލާޙްތައް ފާސްކޮށްފިއެވެ.
މިރޭ ބޭއްވި، ޕީއެންސީގެ މެމްބަރުންގެ މަޖިލީހުގައި 112 މެމްްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އަސާސި ޤަވާއިދަށް ގެނައި އިސްލާޙްތައް މެމްބަރުންގެ އިއްތިފާޤުން ފާސްވުމާއި އެކު އެމަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންވެސް އެކަން ފާހަގަކޮށް ބާރަށް އަތްތިލަބަޑި ޖެހި ކަމަށެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދަށް ބައެއް އިސްލާޙްތައް ގެނެސްފައި މިވަނީ، އެޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުނަގާ ގޮތާއި މެދު ސިޔާސީ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށެވެ.
މިގޮތުން އެވާހަކަތަކާއި ގުޅިގެން ޕީއެންސީ ނެރު ބަޔާނެއްގައި ބުނެފައި ވަނީ، އެޕާޓީގެ މަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް، ސިއްރުނޫން ވޯޓެއް ލުމަކީ، ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް ނޫންކަމަށެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލުތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް