Post banner
ރަށްރަށުން •

ނޭކުރެންދޫގައި އިންޓަ އޮފީސް ހޭންޑްބޯލް ޓޯނަމަންޓް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނޭކުރެންދޫގައި އިންޓަ އޮފީސް ހޭންޑްބޯލް ޓޯނަމަންޓް ފަށައިފި

މި މަހުގެ 6 ވަނަ ދުވަހު ފެށި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުލަބު ސެނޯންގެ ރައީސް ޝުޢިބް ޒާހިރު ވިދާޅުވީ، މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ވަރުގަދަކުރުން ކަމަށެވެ.

ހދ. ނޭކުރެންދޫގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުލަބު ސެނޯން އިން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަ އޮފީސް ހޭންޑްބޯލް ޓޯނަމަންޓް 2026" ފަށައިގެން ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ފެށި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުލަބު ސެނޯންގެ ރައީސް ޝުޢިބް ޒާހިރު ވިދާޅުވީ، މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ވަރުގަދަކުރުން ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ ހަވަނަ ދުވަހު ބައްދަލުކުރީ ފިރިހެން ޑިވިޝަނުގެ ހެލްތު ސެންޓަރާއި ރަށު ކައުންސިލެވެ. ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު 7 ލަނޑު 5 ލަނޑުން މި މެޗު ކާމިޔާބުކުރީ ހެލްތު ސެންޓަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހެލްތު ސެންޓަރުގެ ޖާޒީ ނަންބަރު 5 މަމްދޫހު އަބްދުއްޝަކޫރް އެވެ.

އެރޭ ދެން ކުރިއަށްދިޔައީ އަންހެން ޑިވިޝަނުގެ މެޗެކެވެ. ފެނަކަ އާއި ހެލްތު ސެންޓަރު ބައްދަލުކުރި މި މެޗު، 15 ލަނޑު 5 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހެލްތު ސެންޓަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެލްތު ސެންޓަރުގެ ޖާޒީ ނަންބަރު 19 ފާތިމަތު ޝައުކާ ނައީމް އެވެ.

މުބާރާތުގެ ދެވަނަ ދުވަހު (މިމަހުގެ ހަތްވަނަ ދުވަހު) ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ބައްދަލުކުރީ ޕޮލިސް އަދި ފެނަކައެވެ. މި މެޗު 14 ލަނޑު 6 ލަނޑުން ކާމިޔާބުކުރީ ޕޮލިސް ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 23 އަހްމަދު ޝަރުވާން އެވެ.

އަދި ހަތްވަނަ ދުވަހުގެ ރޭގަނޑު ކުޅެވުނު ހަތަރުވަނަ މެޗުގައި، ކައުންސިލް އިން ވަނީ ސްކޫލް ޓީމުގެ މައްޗަށް 17 ލަނޑު 0 ލަނޑުގެ ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 22 އައިޝަތު ޝަފާ އެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، ރަށުގެ މުއައްސަސާތަކުންނާއި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ޚަބަރު ލިޔުނީ: ޢަލީ ރިޔާޟު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް