އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ކުޅޭނީ ހަނިމާދޫ އާއި ނައިވާދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ހަނިމާދޫ އަދި ނައިވާދޫ ދަތުރުކޮށްފިއެވެ.
ހަނިމާދޫ އަދި ނައިވާދޫ ކުޅޭ ފައިނަލް މެޗު އޮންނާނީ މާދާމާ ރޭ 20:30 ގައި ނޮޅިވަރަންފަރު ޓާރފް ދަނޑުގައެވެ.
ހަނިމާދޫ ފައިނަލަށް ދަތުރުކުރީ، މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހދ އަތޮޅު އެފްއޭއެމް އަތޮޅު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުގައި ނޭކުރެންދޫ އާ ވާދަކޮށް، 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.މި މެޗުގައި ހަނިމާދޫން މޮޅު ކުޅުމެއް ދައްކައި، ހަނިމާދޫ ޓީމަށް މުހިންމު ދައުރެއް އަދާކޮށްދިން އަލީ ހުސައިން ދަގަނޑޭ ވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަލީ ހުސައިން ދަގަނޑޭ އަކީ ހދ. އަތޮޅުގެ އެންމެ މޮޅު އެއް ކުޅުން ތެރިޔާއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރޭގަނޑު އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026ގެ ސެމީ ފައިނަލްގައި، ނޮޅިވަރަންފަރު ބަލިކޮށް ނައިވާދޫ ވަނީ ފައިނަލް ގެ ދެވަނަ ޖާގަ ހޯދަފައެވެ
މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ނައިވާދޫއިން ވަނީ މޮޅު ކުޅުމެއް ދައްކައި 5 ލަނޑު ޖަހައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު އަސްލަމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް