ސަޢޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަޢޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނާއި، މިސްރުގެ ރައީސް އަލްފައްތާޙް އަލްސީސީ --- ފައިލްފޮޓޯ
ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާން މިއަދު މިސްރަށް ވަޑައިގެންފިއެވެ.
ސަޢޫދީ ރަސްކަން ހިންގެވުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވަމުންގެންދަވާ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން މިސްރަށް މިއަދު ވަޑައިގެންނެވީ، މިސްރާއި ސަޢޫދީ ޢަރަބިއްޔާ އާއި ދެމެދު ގުޅުން ބަދަހިކުރައްވައި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން، މިސްރުގެ ރައީސް އަލްފައްތާޙް އަލްސީސީއާ މަޝްވަރާކުރެއްވުމަށް ކަމުގައި، އަލް ޢަރަބިއްޔާ ނޫހުން ރިޕޯޓްކޮށްފައިިވެއެވެ.
މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންގެ މިދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިޤުތިޞާދާއި އަދި ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ދެޤައުމުގެ ވެރިންގެ އެންމެ މަތީ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން މިއަދު މިސްރުގެ ވެރިރަށް ޤާހިރާއަށް މިވަޑައިގެންނެވީ، ހޫތީން ސަޢޫދީ ޢަރަބިއްޔާގެ މުހިއްމު އިންފްރާސްޓްރަކްޗަރތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އިރާނުން ސަޢޫދީ ޢަރަބިއްޔާ އާއި އެެހެންވެސް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ ދިފާޢީ ނިޒާމްތައް ހަލާކުކޮށްލާފައި ވާތީ، ސަޢޫދީ ޢަރަބިއްޔާގެ ސަލަމާތާއި ރައްކަތެރިކަމަށްވެސް ވަނީ ބުރޫ އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް