classified
ރާއްޖެ

ފުޑުކޯޓުތަކުގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުޑުކޯޓުތަކުގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ: އިމިގްރޭޝަން

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދު ފުޑް ކޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ހިންގި އިންސްޕެކްޝަންގައި 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ޓާސްކް ފޯސްއިން އެ އޮޕަރޭޝަން ހިންގާފައި ވަނީ އާދިއްތަ ދުވަހުގެ ރޭގައި ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމުގައިވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެފައި ވެއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެމައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އަހަރުން އަހަރަށް އެހާލަތު އަންނަނީ ގޯސްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް