Post banner
ވިކުރާ •

ފެނަކައިން ހިންގި ހުރިހާ އިންޖީނުގެ ތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެނަކައިން ހިންގި ހުރިހާ އިންޖީނުގެ ތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ

ފޮނަދޫ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޓެލްކޯ

ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ހުރިހާ ރަށެއް މިކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ކުރިން ފެނަކައިން ހިންގި ހުރިހާ އިންޖީނުގެތަކާއި ސްޓެލްކޯއިން ހަވާލުވެ ނިމިއްޖެއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފަހުން، ސްޓެލްކޯއިން ހަވާލުވެފައި ވަނީ، ފެނަކައިގެ ދަށުން ހިންގަމުން ދިޔަ، ލ. ފޮނަދޫ އިންޖީނުގެއާއެވެ.

އެއިންޖީނުގޭގައި ސްޓެލްކޯގެ ދިދަނެގުމަށް މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒްކަމުގައި ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ދަރަނިބޮޑުވެ ހިންގުން ދަތިވެފައިވާ، އެކުންފުނި އުވާލެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރެއްވީ، ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް