Post banner
ރާއްޖެ •

ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފިި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފިި

ޒިހާން ޙަސަން ---

ދައުލަތުގެ ތިންބާރުގެ އޮފީސްތަކުގައި، ހުޅުޖަހަން ގޮވާލައި ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި ހައްޔަރު ކުރި، ޒިހާން ހަސަންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިކަން ފުލުހުންގެ އިދާރާއިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ޒިހާން ހައްޔަރުކޮށްފައި ވަނީ، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި، ދައުލަތުގެ އެންމެ އިސް ތިން އޮފީހުގައި ރޯކޮށްލައިފިނަމަ މަޖާވާނެ ކަމަށް ބުނެ، ފޭސް ބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. ފަހުން އޭނާ އެ ޕޯސްޓް ޑިލީޓްވެސް ކުރިއެވެ.

ޒިހާން ހައްޔަރުކޮށްފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޯޓު އަމުރެއްގެ ދަށުންނެވެ. އެމްއެންޑީއެފްގައި ފަސްޓް ލެފްޓިނަންޓެއްގެ މަޤާމުގައި ހުރެ، އެމްޑީޕީގެ ސަރުކާރަށް ޒިހާން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެސް ވެއެވެ. އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ، އެމްޑީޕީ ސަރުކާރުގެ ފަހުކޮޅުގައެވެ. މިސަރުކާރުގައި އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށްވެސް ޢައްޔަނުކުރިއެވެ. އޭނާ އެމަޤާމުން ވަކިކުރި ފަހުން، އައީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ތަޢުލީމު ޙާޞިލްކުރި ޒިހާންއަކީ، އެމްއެންޑީއެފްގެ ފުރަތަމަ ނޭވަލް އާޓިކެޓްވެސް މެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް