ހޯމް ސްކޫލިން ތަޢާރަފް ކުރުން ހިމަނާފައިވާ ބިލަށް ޚިޔާލުދޭން ހުޅުވާލައިފި
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް 2 ގައި ހުންނަ ޝަހީދު ޢަލީ ސުކޫލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހޯމް ސްކޫލިން ތަޢާރަފް ކުރުން ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، އެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ އިޞްލާޙެއް އޮތްނަމަ 12 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ އީ-މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުމަށް އެދޭ ކަމަށެވެ.
ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމް ހުށަހަޅުއްވާފައިވާ މިބިލުގައި، ވަނީ، ހޯމް-ސްކޫލިން ތަޢާރަފް ކުރެވޭނެ ގޮތްތައް ހިމަނާފައެވެ. އެހެން ނަމަވެސް އެބިލާއި ގުޅިގެން އިދިކޮޅު މަޖިލިސް މެމްބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް