Post banner
ރާއްޖެ •

އިތުބާރު ނެތްކަމުގެ މައްސަލައިން ސަޢީދު ސަލާމަތްވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިތުބާރު ނެތްކަމުގެ މައްސަލައިން ސަޢީދު ސަލާމަތްވެއްޖެ

އިކޮނޮމިކް މިނިސްޓަރ ސަޢީދު ---

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، ސަޢީދުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިއަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ.

އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގާފައި ވަނީ މިއަދުގެ ޖަލްސާގައެވެ.

ސަޢީދަށް އިތުބާރުނެތްކަމަށާއި އަދި އޭނާ މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި އެމައްސަލައިގައި، ސަޢީދަށް ޢިތުބާރު އޮތްކަމަށް ވޯޓު ދެއްވީ، 54 މެމްބަރުންނެވެ. ސަޢީދާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، 10 މެމްބަރެކެވެ.

ސަޢީދުގެ މައްޗަށް އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށައެޅި މައްސަލައިގައި މައިގަނޑު 6 ކަމެއް ފާހަގަކޮށްފައި ވެއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ ސަޢީދަށް ވަނީ ޖަވާބުދާރީ ވުމަށް ފުރުޞަތު ދީފައެވެ. އެފުރުޞަތުގައި ސަޢީދު ވަނީ، އޭނާ މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާ އެންމެ ފުރިހަމަގޮތުގައި އުފުލަމުންދާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް