މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް އުރި ގެއްލުންތައް ލިބިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނެރުފައިކަށި މައްޗަށް ލޯންޗެއް އުރިފައި --- ފޮޓޯ: ދުވަސް. ޢަޒްމީ ޢަލީ
މިއަދު އެންމެ ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދަ އަރަމުން ދަނިކޮށް، މާލޭގެ ދެކުނު ފަރާތު ނެރުން ވަންނަން އުޅުނު ލޯންޏެއް ރާޅާއި އެކު ކަނޑުތޮށި މައްޗަށް ލައްވެ ގެއްލުންތައް ލިބިއްޖެއެވެ.
ހާދިސާ ހިނގި އިރު ލޯންޗުގައި ގިނަ އަދަދެއްގެ މީހުންވެސް ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މިހާދިސާ އާއި ގުޅޭ ގޮތުން މިހާތަނަށް މެރިން ޕޮލިސް އިންވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދެކުނު ފަރާތު ނެރު ހެދިތާ ފުރަތަމަ ދުވަސްކޮޅުވެސް އެނެރުމަށްޗައް ދޯނި ފަހަރާއި، ލޯންޗު ފަހަރު އުރުުމުގެ ހާދިސާތައް ހިނގައި، އެތައް ބައެއްގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
މާލޭ ދެކުނު ފަރާތު ނެރު ހެދީ، 2016 ވަނަ އަަހަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭރު އެނެރު ކެނޑީ އިންޑަސްޓްރިއަލް ވިލެޖު ހެދުމަށް ހުޅަނގު ހާބަރުގެ އުރަފަށުން ފެށިގެން މޭރީ ބްރައުންނާއި ހަމައަށް މާލޭގެ ދެކުނު ފަޅު އުރަފަށާއު ހަމައަށް ހިއްކާލުމަށް ފަހުގައެވެ. މިއަދު ވަނީ އެ ސަރަހައްދަށް ވަރަށް ބޮޑަށް އުދަވެސް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް