Post banner
ރާއްޖެ •

މާލޭގައި މޫނު ބުރުގާ އަޅައިގެން ވައްކަންކުރަން އުޅުނު އިންޑިއާ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭގައި މޫނު ބުރުގާ އަޅައިގެން ވައްކަންކުރަން އުޅުނު އިންޑިއާ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ފުލުހުންގެ އިދާރާ ---

މާލޭގައި މޫނު ބުރުގާ އަޅައިގެން އުޅުނު އިންޑިއާ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިމަހުގެ 1 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ، އުމުރުން 41 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމުގައިވާ، ޝާހުލް ޔަހްޔާ ޢަބްދުލްރައްޒާޤު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ، މޫނުބުރުގާ އަޅައިގެން ދަބަހެއް ހިފައިގެން އުޅެނިކޮށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައިގައި ފުލުހުން އޭނާ އާއި ވާހަކަ ދެއްކުމުން ފިލަން ދުވުމުން އޭނާ އާއި މެދު ޝައްކު ކުރެވިގެންނެއެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ޝަރީޢަތަށް ހާޝިރުކޮށްފައި ވަނީ އިއްޔެއެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް، 7 ދުވަސް ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް