Post banner
ރާއްޖެ •

އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: މަޖިލިސް

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިއަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ.

އެ މައްސަލަ ހުށައެޅީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި އެކު ޖުމުލަ 13 މެމްބަރަކު ސޮއިކުރައްވައެވެ. އިތުބާރު ނެތްކަމަށް ހުށައެޅި އެ މައްސަލައިގައި ޖުމުލަ 6 ކަމެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ތަކެތީގެ އަގު އުފުލުމާއި، ދައުަލަތުގެ ފައިސާ އާއި މުދާ ބެލެހެއްޓުމުގައި އަމާނާތްތެރި ނުވުމާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުމާއި، އެސްއީޒެޑްގެ ޤާނޫނަށް ގެނައި އިސްލާޙްތައްވެސް ހިމެނެއެވެ.

މީގެ ކުރިން ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ، ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނެ ކަމަށެވެ. މައްސަލަ ހުށައެޅިތާ ތިން މަސްފަހުން އެމައްސަލަ ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި އިރު، ޕީއެންސީގެ މިހާރުގެ ރޫޙު ހުރިގޮތުން، ސައީދު މަޤާމުން ވަކިކޮށްފާނެ ކަމަށް ބެލެވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ޕީއެންސީގެ އަތުގައި ކަމަށްވުމާއިއެކު ސަޢީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްކުރެވޭނީ، ޕީއެންސީގެ މެމްބަރުންވެސް ސަޢީދާއި ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް