އުފަން ދަރިފުޅާ ބެހުމުގެ ތުހުމަތުގައި މާލޭ ސިޓީކައުންސިލްގެ ކުރީގެ މެމްބަރަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފުލުހުންގެ އިދާާރާ ----
އުމުރުން 18 އަހަރު ނުފުރޭ އަންހެންދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު މުޙައްމަދު އައިމަން އިސްމާޢީލް )އާނު( ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އައިމަން ހައްޔަރުކޮށްފައި ވަނީ، މިއަދު ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އައިމަން މިއަދު ހައްޔަރު ކުރި ނަމަވެސް އޭނާއަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ މީގެ ކުރިންވެސް ފުލުހުން ދިޔައީ ބަލަމުންނެވެ. އަދި އޭނާ ހައްޔަރު ނުކުރާތީ ސޯޝަލް މީޑިއާގައި ކުއްޖާގެ މަންމަ އާއި ބައެއް އެހެން ފަރާތްތަކުންވެސް އަޑު އުފުލަމުން ގެންގޮސްފައި ވެއެވެ.
މުޙައްމަދު އައިމަން އިސްމާޢީލަކީ، މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގައި، 2011 ވަމަ އަހަރު މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް