ނަޞްރުގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތައް ފަށައިފި
ލިޔުންތެރިޔާ
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ރަސްމީ ހަރަކާތްތައް ފަށައިފިއެވެ.
މިހަރަކާތްތައް ފަށާފައި ވަނީ، މިއަދުގެ ފަތިސް ނަމާދު ވަގުތުން ފެށިގެންނެވެ.
މީގެ އިތުރުން، 38ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި، ގާޑު މައުންޓްކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ބާއްވާފައެވެ.
މީގެ އިތުރުން، މިއަދު ހަވީރު 16:15ގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކުރިޔަށް ގެންދާ މިލްޓްރީ ޑިސްޕްލޭ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ފާހަގަ ކުރަނީ، ދިވެހިންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ސިފައިންތަކެއް ގުޅިގެން، 3 ނޮވެމްބަރު 1988 ގައި މާލެ އަރައިދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރާއި ފަތަހައިގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް