ވިކުރާ

ދެ ހަފްތާ ތެރޭގައި 37 ވިޔަފާރިއެއް ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެ ހަފްތާ ތެރޭގައި 37 ވިޔަފާރިއެއް ބަންދުކޮށްފި

ވިޔަފާރިތައް ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންތަކުގައި، ފާއިތުވި 2 ހަފްތާގެ ތެރޭގައި 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައިފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެމިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ބުނެފައި ވަނީ، ބަންދު ކުރެވުނު ވިޔަފާރި ތަކަކީ، 29 ނޮވެމްބަރު 2025 އިން 15 ޑިސެމްބަރު 2025ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ބަލައި ފާސްކުރުންތަކުގައި، ޤަވާއިދާއި ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާތީ ބަންދު ކުރި ވިޔަފާރިތައް ކަމަށެވެ. އެމިނިސްޓްރީން ވިދާޅުވީ ބަންދު ކުރެވުނު ވިޔަފާރިތަކުގެ ތެރެއިން، 25 ވިޔަފާރިއަކީ، އެމިނިސްޓްރީ އާއި ގުޅޭ ޤާނޫނުތަކާއި ޚިލާފުވެފައި ވާތީ، ބަންދު ކުރެވުނު ވިޔަފާރިތައް ކަމަށެވެ. އަދި އެހެނިހެން ޤާނޫނުތަކާއި ޚިލާފުވެގެން 12 ވިޔަފާރިއެއް ބަންދު ކުރެވުނު ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ އެމުއްދަތުގެ ތެރޭގައި ދީފައި ވަނީ، 8 ވިޔަފާރިއަކަށް ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވިދާޅުވީ، 29 ނޮވެމްބަރު 2025 އިން 15 ޑިސެމްބަރު 2025ގެ ނިޔަލަށް ވިޔަފާރިތަކާއި ގުޅޭ 252 ޝަކުވާއެއް އެމިނިސްޓްރިއަށް ލިބިފައިވާ ކަމަށާއި، އަދި 98 ވިޔަފާރިއެއް ބަލައި ފާސްކުރެވުނު ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކަމަށް ޚާއްޞަ އޮޕަރޭޝަންތަކެއް ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން އަންނަނީ ހިންގަމުންނެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް