ފުލުހަކު އޭނާގެ 15 އަހަރުގެ ދަރިއަކާއި ބެހުނު މައްސަލައެއް ބަލަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހަކު އޭނާގެ 15 އަހަރުގެ ދަރިއަކާއި ބެހުނު މައްސަލައެއް ހުށައެޅި ބަލަން ފަށައިފިއެވެ.
ނޫސްވެރިއަކު ފުލުހުންނާއި ކުރި ސުވާލާއި ގުޅިގެން، ނޫސްވެރިންނަށް އެކަމާއި ގުޅޭ ގޮތުން ޖަވާބު ދެމުން ފުލުހުންގެ ރަސްމީ މީޑިއާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންދާ ކަމަށެވެ.
ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކަކީ، އެކުދިންގެ ކަރާމާތާއި ގުޅިފައިވާ މައްސަލަތަކަށް ވާތީ، މިފަދަ މައްސަލަތަކުގައި ތުހުތު ކުރެވޭ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތު ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް