ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތަށް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޢަބްދުﷲ ޝާހިދު --
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިންވެސް ވަނީ، ޢަބްދުﷲ ޝާހިދު މިރޭ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
ފުލުުހުންގެ އިދާރާއިން ވިދާޅުވީ، ޝާހިދު ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭގެ 21:59 ހާއިރުގައި ކަމަށެވެ.
ޝާހިދު ހައްޔަރު ކުރިކަން ފުލުހުން މީޑިއާއަށް ކަށަވަރުކޮށްދިނުމުގެ ކުރިން، ޝާހިދުގެ ރަސްމީ އެކައުންޓުން ވަނީ، ޝާހިދަށް ކުރާ ތުހުމަތުތަކަކީ، ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމުގައި ބުނެ ޓްވީޓެއްވެސް ކޮށްފައެވެ.
ޢަބްދުﷲ ޝާހިދަކީ، އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ދައުލަތުގެ އިސްމަޤާމިުތައްވެސް ފުރުއްވައި، ދައުލަތުގެ އެންމެ މަތީ ޝަރަފްތައްވެސް އަރުވާފައިވާ ބޭފުޅެކެވެ.
ޝާހިދު ފުރުއްވި މުހިއްމު މަޤާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގެ ރައީސްކަންވެސް ހިމެނެއެވެ.
މިރޭ ޝާހިދު ހައްޔަރުކުރި އިރު، އޭނާ ވަނީ، 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައި، ކެމްޕޭންވެސް ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް