Post banner
ރާއްޖެ •

ޢަބުދުﷲ ޝާހިދު ހައްޔަރު ކުރިކަމަށް މީޑިއާތަކުގައި ފަތުރާވާހަކަތައް ދޮގުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޢަބުދުﷲ ޝާހިދު ހައްޔަރު ކުރިކަމަށް މީޑިއާތަކުގައި ފަތުރާވާހަކަތައް ދޮގުކޮށްފި

ޢަބުދުﷲ ޝާހިދު ---

އިތުބާރު ހިފޭ މަޤާމެއްގައި ހުރެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު ހައްޔަރުކުރި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުން އަންނަ ޚަބަރު ޝާހިދުގެ ފަރާތުން ދޮގުކޮށްފިއެވެ.

ޝާހިދުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.

ޝާހިދާއި ގުޅޭ ގޮތުން މިވާހަކަތައް އެންމެ ފުރަތަމަ ފެތުރީ، ކާކުކަން ނޭނގޭ ބަޔަކު ހިންގާ އެކްސް އެކައުންޓަކުންނެވެ. ފަހުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ބައެއް ނޫސްތަކުންވެސް ވަނީ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށް ލިޔެ ޚަބަރު ފަތުރާފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާޔަކުން ޚަބަރުފަތުރަމުން ދާއިރު އެކަމާއި ގުޅޭ ގޮތުން، ނޫސްވެރިން ފުލުހުންގެ މީޑިއާ އާއި ސުވާލު ކުރަމުންދާއިރު، ފުލުހުން އެކަމާއި ގުޅޭ ގޮތުން ރަސްމީގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް