މޯލްޑިވިއަންއާ ގުޅިގެން ދަތުރުތައް ކުރުމަށް ނިލާ ކޮރަލް އައިލެންޑް ރިޒޯޓުން ލަގްޒަރީ ކުޑަ މަތިންދާބޯޓެއް ގެނެސްފި
ލިޔުންތެރިޔާ
ރާއްޖެއަށް ގެނައި މަތިންދާ ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސަނީ ---
ޤައުމީ އެއާލައިން މޯލްޑިވިއަން އާއި، ރާއްޖޭގައި މަތީފަންތީގެ ޓޫރިސްޓް ރިސޯޓެއް ކަމަށްވާ، ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން އެރިސޯޓުގެ ދަތުރުތައް ކުރުމަށް ރާއްޖެއަށް، ލަގްޒަރީ ކުޑަ މަތިންދާ ބޯޓެއް ގެނެސްފިއެވެ.
މަތީފަންތީގެ ފަތުރުވެރިން އުފުލުމަށް ޚާއްޞަ މިބޯޓަކީ، ކިންގް އެއާ 360 މަރުކާގެ، 8 ފަސިންޖަރުން އުފުލޭ މަތިންދާ ބޯޓެކެެވެ. މިބޯޓު އޮޕަރޭޓް ކުރާނީ މިދިޔަ މަހު، ގދ. ކޮޑެގަލާގައި ހުޅުވި، ނިލާ ކޮރަލް އައިލެންޑް ރިސޯޓާ ގުޅިގެންނެވެ.
ކިންގް އެއާ 360 މަރުކާގެ މި މަތިންދާ ބޯޓަކީ، ސީޕްލޭނާއި ޚިލާފަށް ކެބިން ޕްރެޝަރައިޒްކޮށްފައި ހުންނަ އަދި، ރޭގަނޑުވެސް ދަތުރުކުރުމުގެ ޤާބިލްކަންވެސް ހުރި ބޯޓެކެވެ.






މައިގަނޑުގޮތެއްގައި، ނިލާ ކޮރަލް އައިލެންޑް ރިޒޯޓުގެ ދަތުރުތަކަށް މިބޯޓު ބޭނުން ކުރާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ޗާޓަރުދަތުރުތައް ކުރުމަށްވެސް މިބޯޓު ބޭނުން ކުރާނެކަމުގައި މޯލްޑިވިއަނުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް