ބ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ރޭ ފަށައިފި
ލިޔުންތެރިޔާ
ބ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެންބާއްވާ، ފުޓުސަލް ފިއެސްޓާ ރޭ ފަށައިފިއެވެ.
ގޮއިފުޅަފެހެންދޫ ފުޓުސަލް ފިއެސްޓާ 2026ގެ ނަމުގައި ކުރިޔަށްގެންދާ މި ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީރޭ، ގޮއިދޫ ފުޓުސަލް ދަނޑުގައެވެ.
މިއީ، ގޮއިދޫ ކައުންސިލްގެ އިސްނެގުމާއިއެކު އެއްފަޅުތެރޭގައި އޮންނަ އަނެއްދެ ރަށްކަމަށްވާ ފުޅަދޫ އާއި ފެހެންދޫ ކައުންސިލްގެ ބައިވެރިވުމާއެކު ކުރިޔަށް ގެންދާ ފިއެސްޓާއެކެވެ. މިއަހަރުގެ ފުޓުސަލް ފިއެސްޓާގައިވެސް އަންހެން ޑިވިޜަންއަކާއި، ފިރިހެން ޑިވިޜަނެއް ހިމެނޭއިރު، މިއަހަރު ފިރިހެން 8 ޓީމާއި އަންހެން 3 ޓީމު ބައިވެރިވެފައި ވެއެވެ.
މިއަހަރުގެ މިމުބާރާތުގެ ރެފްރީކަން ކުރުމަށްޓަކައި، ފީފާ އަދި ނެޝަނަލް ލެވެލްގެ 3 ރެފްރީން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރެފްރީ ސެމްބެ އާއި، ރެފްރީ އަޙްމަދު ޢަލީގެ އިތުރުން ރެފްރީ ނަދީމްއެވެ.
މި މުބާރާތުގައި ރޭ ދެމެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ، ކޭކޭ ކަންމައްޗާއި ލެޖެންޑްސް އެވެ، 2-0 އިން މެޗު ކާމިޔާބު ކުރީ، ކޭކޭ ކަންމައްޗެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ޖާޒީ ނަމްބަރު 7 އަޙްމަދު ބައްސާމް އެވެ.
ރޭ ކުޅު ދެވަނަ މެޗުގައި ބައްދަލު ކުރީ، ހިލަސިޓީ އާއި ރޯޔަލް ވިންގސް އެވެ، މިމެޗު 3-0 އިން ހިލަސިޓީ ކާމިޔާބުކޮށްފައި ވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިލަސިޓީގެ ޖަރޒީ ނަމްބަރު 30 މުޙައްމަދު އިޝާމްއެވެ.
ގޮއިފުޅަފެހެންދޫ ފުޓުސަލް ފިއެސްޓާ 2026 އަކީ، ގޮއިދޫ ފުޅަދޫ ފެހެންދޫ، މިތިން ރަށުގައި ހުނަރުވެރި މޮޅު ކުޅުންތެރިން އުފެއްދުމަށާއި، އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމުގެ މަޤުޞަދުގައި ބާއްވާ ފިއެސްޓާއެކެވެ. މި ފިއެސްޓާގައި ޗެމްޕިއަންޓީމަށް 25000ރގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް