މިސައިލެއްފަދަ ބާރު މިނުގައި ބިމަށް ވެއްޓި ފްލައިޓެއް މުޅިން ކުނޑިކުނޑިވެއްޖެ
ލިޔުންތެރިޔާ
އެމެރިކާގެ ފްލޮރިޑާގެ ޕާލްމް ބީޗް ކައުންޓީއަށް އިއްޔެ ޖެޓް މަތިންދާބޯޓެއް ވެއްޓި މުޅިން ކުނޑިކުނޑި ވެއްޖެއެވެ.
މިބޯޓު ވެއްޓުމުގަގެ ހާދިސާގައި ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައެވެ. ވެއްޓުނު ބޯޓަކީ، ލިއާޖެޓް 60ގެ ޖެޓް މަތިންދާ ބޯޓެކެވެ.
ބޯޓު ވެއްޓުނީ، ޓަރބިއުލެންސްގައި ޖެހުމަށްފަހު، ފްލައިޓްގެ ކޮންޓްރޯލް ގެއްލިގެންނެވެ. 30000 ފޫޓުމަތިން ބޯޓު ޓަރބިއުލެންސްގައި ޖެހުމަށްފަހު، ބޯޓުގެ ފަހަތުކޮޅަށް ގެއްލުންތައް ލިބުނެވެ.
މީގެ އިތުރުން ބޯޓަށް ކުއްލި ހާލަތު ދިމާވެއްޖެކަން ކޮންޓްރޯލް ޓަވަރަށް އެންގުމަށްފަހު، ބޯޓު މިނިޓަކު 20000 ފޫޓު ތިރިއަށް ވެއްޓެމުންދާ ކަމަށާއި، ބޯޓުގެ ސްޕީޑް ކޮންޓްރޯލުން ނެއްޓި އޯވަރ ސްޕީޑުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
60 ޑިގްރީ ކަތިމިނުގައި ތިރިޔަށް އައިސް ބޯޓު ބިމަށް ޖެހުނީ، ސިކުންތަކު 197ނޮޓްގެ ބާރުމިނުގައެވެ. އެއާއެކު އުފެދުނު ބާރު ގޮވުމުގައި ފުންވަޅުގަނޑެއް އުފެދުނު އިރު، ފްލައިޓްގެ ބައިތަށް ކުނޑިކުޑިވެ ކުދިކުދި އެތިކޮޅުތަކަކަށް ވެގެން ދިޔައެވެ.
މިއީ އެމެރިކާގެ ވައިގެ ތާރީޚުގައި މިފަހުން ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް