Post banner
ވިކުރާ •

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގެ ބަދަލުގައި އެފައިސާ ޓެކުހަށް ކެނޑޭގޮތް ހަދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގެ ބަދަލުގައި އެފައިސާ ޓެކުހަށް ކެނޑޭގޮތް ހަދައިފި

ފިނޭންސް މިނިސްޓަރު ޒަރީރު އާއި މީރާގެ އިސްވެރިން -- ފޮޓޯ: މީރާ

ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަތަކުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށް، ސަރުކާރުން ނުލިބި ހުރި ފައިސާ މީރާއަށް ކުންފުނިތަކުން ދައްކަންޖެހޭ ޓެކުހުން ކެނޑޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، މިގޮތަށް ޢަމަލު ކުރުމުގައި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށައަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައި ނުވާ ބިލްތަކަށް، މިރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައި ކެނޑުމަށްފަހު، ބާކީ އަދަދު ޓެކްސްގެ ގޮތުގައި އެފަރާތަކުން މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރުމުގައި، މީރާއަށް ޓެކްސްފައިސާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށް ވުރެ ސަރުކާރުން ލިބެންޖެހޭ ފައިސާ ގިނަ ނަމަ، ސަރުކާރުން ދޭންޖެހޭ ފައިސާގެ އަދަދު ޓެކްސް ފައިސާ ކެނޑުމަށްފަހު، ބާކީ ފައިސާ ސަރުކާރުން އެފަރާތަކަށް ދޫކުރާނެ ކަމުގައިވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދި މިގޮތަށް ސަރުކާރުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާއިން ޓެކްސްއަށް ކެނޑުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާއިރު، ސަރުކާރުން ލިބެންޖެހި ނުލިބި ހުރި ފައިސާގެ ތަފްސީލާއި އެކު އެއިދާރާއަކުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށައެޅުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
މިއީ ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން، ކުންފުނިތަކަށް ޓެކްސް ދެއްކުމަށް ދަތިވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އަޅާފައިވާ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް