ވިލާ އެއާގެ ކުރީގެ އެމްޑީ ރިޟުވާން ޝަރީފް އަވަހާރަވެއްޖެ
ލިޔުންތެރިޔާ
ރިޟުވާން ޝަރީފް -- ފޮޓޯ: ސަން އޮންލައިން
ވިލާ އެއާގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ރިޟުވާން ޝަރީފް އަވަހާރަވެއްޖެއެވެ.
ރިޟުވާން ޝަރީފް އަވަހާރަވީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު އާލާސްކަންފުޅާއި އުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއްގައި ޚިދުމަތްތަކެއް ކުރެއްވި، އަދި ދިރާގުގެ ޗެއާމަންގެ މަޤާމާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި، މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ރިޟުވާން ޝަރީފަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައިވެސް ފާހަގަކޮށްލެވުނު ޝަޚްޞިއްޔަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް