Post banner
ވިކުރާ •

އެމްޓީޑީސީން ހުޅުމާލޭގައި އެޅި އޮފީސް އިމާރާތް ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޓީޑީސީން ހުޅުމާލޭގައި އެޅި އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީގެ އޮފީސް އިމާރާތުގެ ކޮންފަރެންސް ރޫމެއް --- ފޮޓޯ: އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރި 10 ބުރީގެ އޮފީސް ޢިމާރާތް ރޭ ހުޅުވައިފިއެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ. 

މި އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، މިހުޅުވުނު އިމާރާތް ވެެގެންދާނީ، އެކުންފުންޏަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ތަނަކަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށްޓަކައި، މިފަދަ ހަރުމުދާތައް އިތުރުކޮށް ކުންފުނީގެ ފައިދާ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ހާރިސް ވިދާޅުވިއެވެ.

އެމްޓީޑީސީގެ އޮފީސް އިމާރާތް އެޅި ބިމަކީ، 2022 ގައި އެޗްޑީސީން އެކުންފުންޏަށް ވިއްކި ބިމެއްގައެވެ. 3،345 އަކަފޫޓުގެ މިޢިމާރާތަކީ، އެންމެ ޒަމާނީ ޚިދުމަތްތައް ޤާއިމްކުރެވިފައިވާ، ޢިމާރާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް