Post banner
ރާއްޖެ

ޤައިދީން ބޭތިއްބުމަށް އޭސީކޮށްފައި ޒަމާނީ ފެންވަރުގެ ޔުނިޓެއް ހަދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤައިދީން ބޭތިއްބުމަށް އޭސީކޮށްފައި ޒަމާނީ ފެންވަރުގެ ޔުނިޓެއް ހަދައިފި

އަލަށް ތައްޔާރު ކުރި ޖަލު ޔުނިޓްގެ ސެލްއެއް --

ހުޅުމާލޭގައި ކުރިން ކޯވިޑް ފެސިޓީ ހިންގި ތަނުގައި، ޤައިދީންނަށް ޒަމާނީފެންވަރުގެ ޚާއްޞަ ޔުނިޓެއް ހަދައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، ހުޅުމާލެ ޕްލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން ހޮނިހިރު ދުވަހު އެ ޔުނިޓަށް ބަދަލުކޮށްފައި ވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިން ވިދާޅުވީ، އެއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް AC އާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށާއި، އަދި އެ މަސައްކަތުގެ ގުރައުންޑް ފްލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.

މިހާރު ކަރެކްޝަންސް އިން މިޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިތަކާއެކުގައި ބޮޑެތި ގޮންޖެހުންތަކާއި އެކުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް