މަޖިލިސް ރައީސް ސަޢޫދީއަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަޖިލިސް ރައީސް ސަޢޫދީއަށް ފުރާވަޑައިގަތުން -- ފޮޓޯ: މަޖިލިސް
ރަސްމީ ދަތުރުފުޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މަޖިލީހުގެ ރައީސްގެ މިދަތުރުފުޅަކީ، ސައުދީގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުމަގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މާލެ ވަޑައިގަންނަވާނީ، މިޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައި ކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން ޢަބްދުއްރަހީމް ސަޢޫދީގެ ޝޫރާ ކައުންސިލްގެ ރައީސްގެ ރަސްމީ ދައުވަަތަކަށް އެޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި، ޢަބްދުއްރަހީމްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް