Post banner
ރަށްރަށުން

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު "ނޭކުރެންދޫ ސްޕޯޓްސް ފިއެސްޓާ" ޑިސެމްބަރު މަހު ބާއްވަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު "ނޭކުރެންދޫ ސްޕޯޓްސް ފިއެސްޓާ" ޑިސެމްބަރު މަހު ބާއްވަން ނިންމައިފި

2024 ވަނަ އަހަރު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ---

ހދ. ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ "ނޭކުރެންދޫ ސްޕޯޓްސް ފިއެސްޓާ" މިއަހަރު ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މި ފިއެސްޓާ އަލުން ބޭއްވުމަށް ފާސްކުރީ ނޭކުރެންދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާއިންނެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 3 މެންބަރުންގެ އިއްތިފާގުން ވަނީ މިއަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ނޭކުރެންދޫގެ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރުކުރަމުންދާ މި ކުޅިވަރު އީދު ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މީގެ ކުރީ އަހަރުތަކުގައިވެސް ބޮޑު ތަރުހީބެއް ލިބުނު މި ފިއެސްޓާ މިއަހަރު ބާއްވާއިރު، ރަށުގެ ކުޅިވަރު ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މުބާރާތް ބާއްވާނެ ރަސްމީ ތާރީޚު ކަނޑައެޅުމާ އެކު، މުބާރާތުގައި ހިމެނޭނެ ކުޅިވަރުތަކާއި، ގަވާއިދުތަކުގެ އިތުރުން ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކައުންސިލުން ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެ ކަމަށް ބެލެވެއެވެ. ސްކޫލް ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާ މި ފިއެސްޓާ ވެގެންދާނީ ނޭކުރެންދޫއަށް ވަރަށް ފޯރިގަދަ އަދި ކުލަގަދަ ކުޅިވަރުގެ އީދަކަށެވެ.

ޚަބަރު ލިޔުނީ: ޢަލީ ރިޔާޟު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް